Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އައްޑޫ އައިނު ފިހާރަ ހުޅުވާލައިފި

އައްޑޫ އައިނު ފިހާރަ މިއަދު ހުޅުވައިފި އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެތަން ހުޅުވީ "އެމްސީޖިީއެޗް އޮބްޓިކަލްސް އައްޑޫ" ގެ ނަމުގަ އެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އައިނު ފިހާރަ ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

އެ ރަސްމިއްޔާތުގައި (އޭއީއެޗް) ގެ ސީއީއޯ ޑރ. އިބްރާހީމް ޔާސީރު ވެސް ބައިވެރިވެވަޑައިގަތެވެ.

އައްޑޫގައި ހުޅުވި މި އައިނު ފިހާރަ އަކީ ރައްޔިތުންނަށް ލުއި ފަސޭހަކޮށް ނަންބަރު އައިނު ހެއްދޭނެ ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ސަރުކާރުން ހުޅުވި ތިން ވަނަ އައިނު ފިހާރަ އެވެ. އަދި އަތޮޅު ތެރޭގައި ހުޅުވި ފުރަތަމަ އައިނު ފިހާރަ އެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ންމެ ފުރަތަމަ އައިނު ހުޅުވީ އައިޖީއެމްއެޗްގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި 27 ގަ އެވެ. އަދި ދެވަނަ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލްގައި ހުޅުވީ އޮގަސްޓް 27 ގަ އެވެ.

ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން އޮތީ ނިންމައިފަ އެވެ.