އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.
އެ ދެއިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރެ އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އިންތިޚާބުގެ ކަންކަން ވަކި ޓައިމްލައިނެއްގެ ތެރެއިން ކުރަމުންދާ އަންނަ ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. އެވެ. އެހެންވެ ބުރާސްފައްޗާ ހަމަައަށް މިއޮތް މި މުއްދަތުގެ ތެރޭގައި އެެއްވެސް ކެންޑިޑޭޓަކު ނަން އަނބުރާ ނަގަން ބޭނުންވާ ނަމަ އެ ދުވަހާ ހަމައަށް އެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ނަގަން ބޭނުންވާ މީހުންނަށް އެދުވަހާއި ހަމައަށް ފުރުސަތު އޮންނާނެއެވެ.
އިންތިޚާބުގެ ކަންކަން ވީހާވެސް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ގެންދިއުމަށް ކޮމިޝަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެހެން އިންތިޚާބުތަކެކޭ އެއްގޮތަށް މިއިންތިޚާބުގައިވެސް އިންތިޚާބާއި ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ވަނީ ގާއިމްކޮށްފައެވެ. މިހާތަނަށް 4 ޝަކުވާ ހުށަހަޅާފައިވާއިރު، އެޝަކުވާތަކުގެ ޖަވާބުވެސް ކޮމިޝަނުން ވަނީ ދީފައެވެ.
މި އިންތިޚާގައި ހަ ޕާޓީއަކުން ވާދަކުރެއެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ޖުމްލަ 1،210 ކެންޑިޑޭޓުން ވާދަކުރާއިރު އަމިއްލަ ގޮތުން ވާދަކުރަނީ 401 ކެންޑިޑޭޓުންނެވެ. މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޓޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީންނެވެ.
ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާ އިރު އެ ޕާޓީން ކައުންސިލް އިންތިޚާބުގައި 665 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެ އެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.
އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނަށެވެ.
އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.