Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

މިސްކިތުގައި ގޮއްވާލުމުން 4 މީހަކު ހައްޔަރަށް

މިދިޔަ ހުކުރު ދުވަހުގެ ހުކަރު ނަމާދު ވަގުތު ޕާކިސްތާންގެ މިސްކިތެއްގައި ޖާނުންފިދާވެެގެން ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ބައްތިރީސް މީހުން މަރުވެ، 160 އަށް ވުރެ ގިނަ މީހުން ޒަހަމްވި ހާދިސާގައި ހަށިގަނޑުގައި ބޮމެއް ހަރުކޮށްގެން އެ ގޮއްވައިލީ ވެރިރަށް އިސްލާމްއާބާދުގެ ޝިއީ މިސްކިތެއް ކަމަށްވާ 'ހަދީޖަތުލް ކުބްރާ' ގަ އެވެ.

ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުހްސިން ނަގްވީ ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން އެކަކީ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވޭ އަފްގާނިސްތާންގެ މީހެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މީހުން ހޯދަން ފުލުހުން ކުރި މަސައްކަތުގެ ތެރޭގައި އެ މީހުން އުޅުނު ތަން އިއްޔެ ރެއިޑްކޮށް، އަތުލައިގަންނަން ކުރި މަސައްކަތުގައި ބަދަލުކުރެވުނު ހަމަލާތެއްކެއްގައި ކައުންޓަ-ޓެރަރިޒަމް އޮފިސަރަކު މަރުވެ، އިތުރު ތިން އޮފިސަރަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ.