"ސައިން ލެންގުއޭޖް ސެޓްފިކެޓް ލެވެލް 3" ގެ ކޯހަކަށް ހުޅުވާލައިފި އެވެ.
މި ކޯހަކީ ސޯޝަލް މިނިސްޓްރީ އާއި ގައުމީ ޔުނިވަސިޓީ ގުޅިގެން ހިންގާ ކޯހެކެވެ.
ސައިން ލެންގްއޭޖް ކޯހަކީ އިޝާރާތުން ވާހަކަ ދެއްކުމުގެ ހުނަރު ކުރިއަރުވައި، މުޖުތަމަޢުގައި ތިބި އަޑުއިވުމުން މަޙްރޫމުވެފައިވާ ފަރާތްތަކާ މުޢާމަލާތް ކުރުމަށް ބޭނުންވާ ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް (އެމްއެންކިއުއެފް) ލެވަލް 3 ގެ މި ކޯހަކީ 6 މަސް ދުވަހުގެ ފުލް-ޓައިމްކޮށް ކުރިއަށް ގެންދާ ކޯހެކެވެ.
މިނިސްޓްރީން ބުނީ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މާދަމައާ ހަމައަށް ހުޅުވާާފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ސައިން ލެންގްއޭޖްގެ ކޯސްތަކެއް ހިންގާފައވެ އެވެ.