Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ފޭދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ފޭދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ލިލަކް، ޙުސައިން ސަލީމް، 40، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:45 އަށް ސިވިލް ކޯޓް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ ސަލީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.