Last Updated: July 12, 11:01
Sunday, July 12, 2026
ޚަބަރު

އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުން މި މަހު 12 ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުން މިމަހުގެ 12 ގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އެމްޑީޕީން ބުނީ "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ބާއްވާ ކެމްޕޭން ލޯންޗިން ޖަލްސާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި 8:30 ގައި ކަމަށެވެ.

އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ މަހުގެ 16 ގައި ޕްރަމަރީއެއް ބާއްވާފަ އެވެ. ޕްރައިމަރީއަށް ފަހު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ ލީޑަޝިޕްގެ އެކި ބޭފުޅުން އަންނަނީ ރާއްޖޭގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ.

އެޕްރީލް މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ. އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ އެވެ.