Last Updated: July 12, 11:01
Sunday, July 12, 2026
ޚަބަރު

ޒެޑެކްސްގެ ސްޓޫޑަންޓް ގިވްއަވޭގައި އުމްރާ ދަތުރެއް

ޒެޑެކްސްއިން "މެގާ ސްޓޫޑަންޓް ގިވްއަވޭ 2026" ގެ ނަމުގައި ވަރަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންނާއި އެންރޯލްވާ ދަރިވަރުންނަށް ތަފާތު އިނާމުތަކެއް ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާން އެންރޯލްވާ ދަރިވަރުންނަށް ޚާއްސަ 'ގްރޭންޑް ޕްރައިޒް' ތަކެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ދެ ކުއްޖަކަށް ހުރިހާ ހަރަދަކާއެކު ލިބޭ އުމްރާ ދަތުރަކާއި، ތިން ރޭގެ ކްރޫޒް ދަތުރެއްގެ އިތުރުން މެލޭޝިއާގައި ބާއްވާ ބައިނަލްއަގުވާމީ ފަންނާނުންގެ ކޮންސެޓް ޓިކެޓް ހިމެނެ އެވެ.

އަދި މި މަހުގެ 28 ގެ ކުރިން ޒެޑެކްސް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް މާފުށީގައި ހަތަރު މީހަކަށް ލިބޭ ދެ ރޭގެ ޗުއްޓީއަކާއި އެޕަލް އައިޕެޑް 11 އަކާއި ޖޭބީއެލް ސްޕީކަރުގެ އިތުރުން ހޮޓެލް ޖެންގެ އިފްތާރު ބުފޭ ފަދަ އެތައް އިނާމެއް ވެސް ހިމެނެ އެވެ.

މިއީ މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދިނުމާއި އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.