މާލޭގެ މަސްޖިދުލް ޔޫސުފުލް ބަރުބަރީ މިސްކިތް މި މަހުގެ 16 ގައި ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ އެ މިސްކިތް އެ އެ ދުވަހުގެ އަސްރު ނަމާދާ އެކީގައި ކަމަށެވެ
ތިން ބުރީގެ ބަރުބަރީ މިސްކިތަކީ 1400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތް އިމާރާތް ކުރަން މިނިސްޓްރީން އެ ފަރާތާ ހަވާލުކުރީ 2024 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.