Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އެކްސިޑެންޓްވި ބަޔަކަށް ފަރުވާ ދެނީ

ސިނަމާލެ ބްރިޖް ހައިވޭގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް ފަރުވާ ދެމުން އެބަދެ އެވެ.

ހިނގީ ދެ ކާރާއި ހަތަރު ޖެހިގެން ރޭ ދަންވަރު 1:45 އެހާކަށްހާ އިރު ހިނގި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ހަތަރު މީހަކަށެވެ. އެ މީހުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްޗާއި ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ ހައިވޭ، މާލެއިން ހުޅުމާލެއަށް ދާ ފަޅީގައި ކާރު ލައިންގައި މަޑުކޮށްގެން އޮތް ކާރެއްގައި ދުއްވާފައި ދިޔަ އެހެން ކާރެއް ފަހަތުން ޖެހި އެ ކާރު ސައިކަލު ލޭނަށް ފުރޮޅާލައި އިތުރު ހަތަރު ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުލުރެ އެވެ.