މޯލްޑިވްސް ނޭޝަނަލް އެންޓި-ޑޯޕިން އެޖެންސީ އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފިއ ެވެ. މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެތަނުން ބުނީ އެ މަގާމަށް މީހަކު ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި މަގާމުގެ މުސާރަ ކަނޑައަޅާނީ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ދެ ފަރާތުން އެއްބަސްވެވޭ ގޮތަކަށް ކަމަށެވެ.
އެންޓި-ޑޯޕިން އެޖެންސީގެ ސީއީއޯ އަކީ އެތަނުގެ ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގުމުގެ އެންމެ އިސްފަރާތެވެ. އެގޮތުން އެންޓި ޑޯޕިން އެޖެންސީގެ ބޯޑުގެ ނިންމުންތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ސީއީއޯ އެވެ.
މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ނޭޝަނަލް އެންޓި-ޑޯޕިން އެޖެންސީ އުފެއްދެވީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ އެޖެންސީއަކީ މެއި 19، 2025 ގައި ރައީސް ތަސްދީގު ކުރެއްވި ރާއްޖޭގެ ކުޅިވަރު ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން އޮންނާނެކަން ކަށަވަރުކޮށް ދޭނެ އެޖެންސީ އެވެ.