Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ދަރުމާގެ 'އެކިއުޒްޑް' 27 ގައި

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އާ ވެބް ފިލްމު 'އެކިއުޒްޑް' މި މަހުގެ 27 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.

މިދިޔަ ހަފުތާގައި ނެޓްފްލިކްސް އިން ވަނީ މީގެ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ. ސައިކޮލޮޖިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ 'އެކިއުޒްޑް' ގެ މައިގަނޑު ތަރިންނަކީ ތަޖުރިބާކާރު ހުނަރުވެރި ބަތަލާ ކޮންކޮނާ ސެން ޝަރުމާ އާއި 2023 ގެ 'ލާޕަތާ ލޭޑީސް' އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒުވާން ބަތަލާ ޕްރަތިބާ ރަތުނާ އެވެ.

'އެކިއުޒްޑް' ގެ ޑައިރެކްޓަރަކި އަނޫބުތީ ކޭޝަޕެވެ. އޭނަ އަކީ އަޔޫޝްމަން ކްރާނާގެ 2022 ގެ 'ޑޮކްޓާ ޖީ' ގެނެސްދިން ޑައިރެކްޓަރެވެ.