Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ކުޅުދުއްފުށީ ޓޫރިޒަމް ޕްލޭނަށް ކޮންސަލްޓަންސީ ހޯދަނީ

ކުޅުދުއްފުށީ ސިޓީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމަށްޓަކައި ކޮންސަލްޓެންސީގެ ޚިދުމަތް ހޯދަން ބަޔަކާ އެކު އެއްވަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިިލުން ބުނީ މި މަހުގެ 3 ގައި ސޮއިކުރީ އާރްއެޗް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑާ އެކު ކަމަށެވެ.

ކައުންސިލުން ބުނީ ޓޫރިޒަމްގެެ މަންފާ ހޯދުމަށް އެ ސަރަހައްދުގައި މިހާރު ހުޅުވިފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފޭނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ކުރިއަށް ގެންދާ މިމަސައްކަތުގެ ތެރެއިން، މަސްލަހަތުވެރިންގެ މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންގޮސް، އެ ބައްދަލުވުންތަކުން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި ކުޅުދުއްފުށީގެ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނާއި، ކުޅުދުއްފުށްޓަށް ޒިޔާރަތްކުރާ މީހުން ދަތުރުގައި ކުރާން ކަންތައްތައް ހިމަނައިގެން އެކުލަވާލާ އައިޓިނރަރީތަކާއި ސިޒަނަލް އެކްޓިވިޓީ ކަލަންޑަރެއް އެކުލަވާލެވޭނެ ކަމަށެވެ

މި މަސައްކަތް ކުރަން އާރްއެޗް ކޮންސަލްޓިންއާ ހަވާލުކުރީ 70 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 380,880ރ. އަށެވެ.