ކުރިއަށް އޮތް ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.
ރޯދަ މަހު ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ހަވީރު 5:30 އިން މެންދަމު 3:00 އާ ހަމައަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެ ދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ، ކެއިންބުއިމުގެ ޚިދުމަތް ދޭ ހުރިހާ ތަނަކުން ވެސް އަމަލު ކުރަން ޖެހޭނީ މި އުސޫލަށެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ، މި މަހުގެ 18 އެވެ.