Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ފުލުހުން ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކަނީ

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލުމަށް އިއުލާނުކޮށްފި އެވެ.

ފުލުހުން ކުރި އިއުލާނުގައި ބުނީ މި ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަކޮށް އައިޑީ ކާޑާއެކު މެއިލް ކުރުމަށް އެދިފަ އެވެ.

ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މިމަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ. ނީލަން ކިޔުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00 ގައި ދޫނިދޫގަ އެވެ.

ފުލުހުން ވަނީ ހަތް ބާވަތެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފަ އެވެ.

ނިލާމުގައި ވިއްކާ ހުއިފިލަނޑާ

– މަށި
– ހޮޅި
– ކަރީ ފިޝް
– ހުދުކިރު
– ކަޅުކިރު
– އެލިފަންޓް
– ކަށި
– ބުއްފުޅި

މި ހުރިހާ ބާވަތެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކަން ފަށަނީ ކިލޯއެއް 300 ރުފިޔާއަށެވެ.