Last Updated: July 11, 17:57
Saturday, July 11, 2026
ޚަބަރު

ނެޓްބޯޅަ ގައުމީ ފިރިހެން ޓީމަށް 3 ވަނަ

އަލަށް ރާއްޖޭގެ ފިރިހެން ގައުމީ ނެޓްބޯޅަ ޓީމެއް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކޮށް، ބްރޯންޒް މެޑަލާ އެކު މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.

ހޮންކޮންގްގައި ބޭއްވި ފުރަތަމަ އޭޝިއާ ކަޕްގެ ތިންވަނަ ހޮވި މެޗުގައި އާދިއްތަ ދުވަހު ޖަޕާނާ ވާދަކޮށް 28-21 އިން މޮޅުވެފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮންކޮންގެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މެލޭޝިއާ ބަލިކޮށްގެންނެވެ.

ޖުމްމަ ހަތަރު ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާއާ ވާދަކޮށް 11-62 އިން ބަލިވެ، ދެވަނަ މެޗުގައި ޗެމްޕިއަން ހޮންގް ކޮންގްއާ ވާދަކޮށް ބަލިވީ 16-74 އިންނެވެ. އެކަމަކު ލީގު ބުރުގެ ފަހު މެޗުގައި ޖަޕާނާ ވާދަކޮށް 24-18 އިން މޮޅުވެފައިވެ އެވެ.

ރާއްޖޭން ފުރަތަމަ ތައްޔާރު ވަމުން އައީ ނެޓްބޯލް އޭޝިއާ އިން ފުރަތަމަ ފަހަރަށް ބާއްވަން ރޭވި ފިރިހެނުންގެ އޭޝިއަން ޗެމްޕިއަންޝިޕަށެވެ.

ނަމަވެސް މި މަހު 5-12 އަށް އިންޑިއާގެ ނިއު ދިިއްލީގައި ބާއްވަން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާން ކުރި މުބާރާތް ފަހު ވަގުތު ބޭއްވޭ ގޮތް ނުވުމުން، އޭޝިއާ ކަޕް ބޭއްވީ ހޮންކޮންގް އިސްނަގައިގެންނެވެ. މި މުބާރާރު