Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

ސަނީގެ 'ލާހޯރް، 1947' އަށް ތާރީހެއް ލިބިއްޖެ

އާމިރު ޚާން ޕްރޮޑިއުސްކޮށް، ސަނީ ޑިއޯލްގެ ކުޅެފައިވާ ޕީރިއަޑް ފިލްމު 'ލާހޯރް، 1947' މި އަހަރުގެ އޮގަސްޓް 13 އަށް ތާވަލުކޮށްފި އެވެ.

އެކަން އާމިރުގެ ޕްރޮޑަކްޝަން ހައުސް އިން ނެރުނު ބަޔާނެއްގައި އިއުލާންކޮށްފައިވާ އިރު، މި ފިލްމުގެ ޝޫޓިން އޮތީ މިދިޔަ އަހަރުގެ ތެރޭގައި އޮތީ ނިންމައިފަ އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ލާހޯރް، 1947' އަކީ ސަނީގެ ކުރީގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ ހަދާފައިވާ ފިލްމެެކެވެ.

އެ ދެ މީހުން އެކީގައި ކުރިން މަސައްކަތްކުރި ފިލްމުތަކަކީ 'ގަތަކް' އާއި 'ގާޔަލް' އަދި 'ދާމިނީ' އެވެ. ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 'ގަތަކް' ދެވަނަ ބައެއް ވެސް ހަދަން ސަންތޯޝީ ޕްލޭންކޮށް، އެކަން ސަނީ އަށް ވަނީ ހުށަހަޅައިފަ އެވެ.

'ލާހޯރް، 1947' އަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ޕްރިތީ ޒިންތާ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އަންނަ ފިލްމެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަބާނާ އާޒްމީ، އަލީ ފަޒަލް، މިިތުން ޗަކްްރަބަތީ އަދި ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ހިމެނެ އެވެ.

އޭއާރް ރަހުމާން މިއުޒިކް ތައްޔާރުކޮށް ދީފައިވާ 'ލާހޯރް، 1947' އޮގަސްޓަށް ތާވަލުކުރި ރިޕޯޓްތައް ބުނާ ގޮތުން އަންނަ އެޕްރީލް މަހުގެ 17 އަށް ތާވަލުކޮށްފައި އޮތް ސަލްމާންގެ ޚާންގެ 'ބެޓްލް އޮފް ގަލްވާން' ފަސްކޮށް، އޮގަސްޓަށް ފިލްމު ތާވަލު ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހުރި ސަނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 23 ގައި ރިލީޒްކުރި 'ބޯޑާ 2' އެވެ.

'ލާހޯރް، 1947' ވާނީ އާމިރު ޕްރޮޑިއުސްކޮށް މި އަހަރު ގެނެސްދޭ ތިން ވަނަ ފިލްމަށެވެ. އޭނަގެ ޕްރޮޑަކްޝަން ހައުސް މި އަހަރު ގެނެސްދިން ފުރަތަމަ ފިލްމަކީ ވީރު ދާސް ކުޅެ، ޑައިރެކްޓްކޮށް މިދިޔަ މަހުގެ 16 ގައި ރިލީޒްކުރި ސްޕައި އެކްޝަން ކޮމެޑީ 'ހެޕީ ޕަޓޭލް ' އެވެ. އާމިރު ޕްރޮޑިއުސްކޮށް ދެން އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ މެއި 1 އަށް ތާވަލުކޮށްފައި އޮތް، އޭނަގެ ދަރިފުޅު ޖުނައިދު ޚާންގެ 'އޭކް ދިން' އެވެ.