Last Updated: June 21, 03:30
Saturday, June 20, 2026
ޚަބަރު

މަރަދޫ ގެެއަކުން ވަގަށް ނެގި ކަރަންޓް ނަރުތަކެއް

އައްޑޫ މަރަދޫ ގެއަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ކަރަންޓް ނަރާއި އެ ބާވަތުގެ އިތުރު ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މި ވައްކަމުގެ ރިޕޯޓް ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެގޮތުން ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ގަން ޕޮލިސް އިން ކުރި މަސައްކަތުން ގެއިން ވަގަށް ނަގާފައިވާ ކަރަންޓު ވަޔަރުތަކަކާއި، ލޮއި ހޮޅި އާއި، ކާރުގެ ބެޓެރީ އާއި، ކަރަންޓު ސޮކެޓްތައް ހޯދައި، އެ ތަކެތީގެ ވެރިފަރާތާ ހަމަ އެރޭ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މި ވައްކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ފަހަކަށް އައިސް އައްޑޫގައި ވައްކަމުގެ މައްސަލަތައް ވަަރަށް ގިނަ އެވެ.