Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ކްރަމްޕީ ފުޅިތަކެއް ވަގަށް ނެގި މީހު ޖަލަށް

މާލޭގެ ފިހާރައަކުން ކްރަމްޕީ ފުޅިތަކެއް ވަގަށް ނެގި މީހަކު މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް އިއްވާފައި ވަނީ ތ. ތިމަރަފުށި، ލަކީހައުސް، ސަފްވާން އަލީގެ މައްޗަށެވެ.

އޭނަގެ މައްޗަށް ވައްކަމުގެ ދައުވާކުރީ ސެޕްޓެމްބަރު 8، 2024 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެހާކަންހާ އިރު، މާލޭގެ ރަސްރަނި ޓްރޭޑާސް ފިހާރައިން ވައްކަން ކުރުމާ ގުޅިގެންނެވެ. ދައުވާގެ ހުލާސާގައި ބުނެފައި ވަނީ އެ ފިހާރައިގެ ރެކުން 5 ފުޅި ކްރަމްޕީ ނަގައި، ސަފްވާން ގެންގުޅުނު ކަޅުކުލައިގެ ކޮތަޅަކަށް ލުމަ ށްފަހު، ފައިސާ ނުދައްކައި، ފިހާރައިން ނުކުމެގެން ދާނެ އުޅުނު ކަމަށެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިއުތިރާފުވަމުން އޭނަ ބުނެފައިވަނީ ކްރަމްޕީ ފުޅިތަކެއް ނަގައި ފައިސާ ނުދައްކައި ދާން އުޅުނީ، މަސްތުވާއެއްޗެހި ގަތުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދައުލަތުން ބުނީ އެ ކުށަކީ ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށަށް ކަނޑައެޅޭ އަދަބުގެ އަސާސީ މިންގަނޑަކީ 1 މަހާއި 6 ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ. އަދި ކުށަށް އިއުތިރާފުވެފައިވާތީ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 1 ދަރަޖަށް ދަށް ވާނެ ކަމަށް ބުންޏެވެ.

އެހެންވެ ސަފްވާނަށް ހުކުމްކުރީ ތަހުގީގު މަރުހަލާގައި އޭނަ 22 ދުވަހާއި 18 ގަޑިއިރާއި 48 މިނެޓް ހޭދަކޮށްފައިވާތީ، އެއީ 23 ދުވަސް ކަމަށް ކަނޑައަޅައި، ޖަލުގައި ތަންފީޒު ކުރަން ޖެހޭ އަދަބަކީ 13 ދުވަސް ކަމަށެވެ.