Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އައްޑޫގައި ހާއްސަ ދަރުހެއް، އުމްރާ ދަތުރަކާ އެކު

އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރުގެ ހާއްސަ ވަރަށް ދަރުުހެއް އައްޑޫގައި މި ހަފުތާގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ 'މަރުހަބާ ރަމަޟާން' ގެ ނަމުގައި ބާއްވާ މި ދަރުހަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ދެވޭ ދަރުހެކެކެވެ. އައްޑޫ ހައި ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މި ދަރުސް އިންތިޒާމު ކުރަނީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ދެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމާއި މިޝްކާތު ފައުންޑޭޝަން ގުޅިގެންނެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ދަރުހުގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުލުމެއް ބާއްވައި ހޮވޭ މީހަކަށް އުމްރާ ދަތުރެއް ވެސް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އުމްރާ ދަތުރު ދެނީ އަލްފަޖުރު ހައްޖު އެންޑް އުމްރާ ގްރޫޕުންނެވެ.

ދަރުސް ފަށަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 8:15 ގަ އެވެ.