Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވިޒިޓް މޯލްޑިވްސް އިޔާގެ ބްރޭންޑިން އަށް ބަޔަކު ހޯދަނީ

އަންނަ އަހަރަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދަން ރާވާފައިވާ ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ކެމްޕޭނުގެ ބްރޭންޑިންގެ މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާޔްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ސެޝަނެއް އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީގައި އޮންނާނެ އެވެ.

"ވިޒިޓް މޯލްޑިވްސް އިޔާ 2027" އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތީގައި ދެއްވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވީ މިއީ ރާއްޖެ ޕްރޮމޯޓް ކުރުމަކީ އެންމެން ޝާމިލުވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި ހެދުމުގެ މަޤްޞަދު ކުރިއަށް ގެންދަން ނިންމާފައިވާ ކަމެއް ކަމަށެވެ. އެގޮތުން މިއީ ޓޫރިޒަމް ޞިނާޢަތާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވާ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެންމެހައި ފަރާތްތައް ގުޅިގެން ހިންގާނޭ ޤައުމީ ބޮޑު ހަރަކާތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.