Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ނޫސްވެރިޔާ ރިޒްނާ މަރަދޫ އަވަށު އޮފީހުގެ ވަޒީފާއަކަށް

ރާއްޖޭގައި ފާހަގަކޮށްލެވޭ އަންހެން ނޫސްވެރިންގެ ތެރޭގައި ހިމެނޭ ރިޒްނާ ޒަރީރު އޭނަގެ އުފަން ރަށް އައްޑޫ މަރަދޫގެ އަވަށު އޮފީހުގެ ވަޒީފާއަކާ ގުޅިއްޖެ އެވެ.

ރާއްޖެ ޓީވީގައި މަސައްކަތް ކުރަމުން އައި ރިޒްނާ މަރަދޫ އަވަށު އޮފީހުގައި އަދާކުރާނީ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވެއްގެ މަގާމެވެ.

އެ އޮފީހުގެ ވަޒީފާއަކަށް އޭނަ ބަދަލުވުމާ ގުޅިގެން އަވަށު އޮފީހުފެ ފަރާތުން ރިޒްނާ އަށް ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭނަ ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާ ވެސް އަދާކުރެއްވި އެވެ. އޭރު ރިޒްނާ އަކީ އައްޑޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހުރީ އޭނަ އެވެ.