Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

ރައީސަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ޖަރުމަނުވިލާތުގެ ރައީސްގެ ރަސްމީ ގަނޑުވަރު "ޝްލޮސް ބެލްވިއު" އިން މިއަދު ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި އެވެ.

ރައީސް މުއިއްޒު އެ ގަނޑުވަރަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރ އެވެ.

މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ރައީސުން ވަނީ އޮނަރ ގާޑު ބައްލަވައިލައްވާފަ އެވެ. އެއަށްފަހު، ރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި ޖަރުމަނުވިލާތުގެ އިސް އޮފިޝަލުން ދެ ބޭފުޅުންނަށް ތަޢާރަފުކޮށްދެއްވި އެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން، ރައީސް ވަނީ ޝްލޮސް ބެލްވިއުގެ މެހުމާނުންގެ ފޮތުގައި ސޮއިކުރައްވައި، ޖަރުމަނުގެ ރައީސާއެކު ރަސްމީ ފޮޓޯއެއް ނަންގަވާފަ އެވެ.

ރައީސް މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު މި ކުރައްވަނީ ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށްކަން ފާހަގަކޮށްލެވެ އެވެ.