Last Updated: June 5, 22:30
Friday, June 5, 2026
ދުނިޔެ

މަތިންދާބޯޓެއް 55 މީހުންނާ އެކު މޫދަށް ވެއްޓިއްޖެ

ސޯމާލިއާގެ މަތިންދާބޯޓެއް އެ ގައުމުގެ މައި އެއާޕޯޓެއް ރަންވޭ މަތިން ކަހާލައިގެން މޫދަށް ވެއްޓިއްޖެ އެވެ.

ވެރިރަށް މޮގަޑިޝޫގެ އޭޑެން އަބްދުލް އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ މި ހާދިސާ ހިނގީ 55 މީހުންނާ އެކު ފުރި ސޯމާލިއާގެ ސްޓާ ސްކައި އެއާލައިންގެ ބޯޓް ފުރިތާ ގާތްގަނޑަކަށް 15 މިނިޓް ފަހުން ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވެ، އިމަޖެންސީކޮށް ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ރަންވޭ މަތިން ކަހާލައިގެންނެވެ.

ބޯޓް މޫދަށް ވެއްޓުނު ނަމަވެސް އޭގައި ތިބި އެެއްވެސް ތިބި މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ. ނަމަވެސް ބޯޓްގެ ދެ އަރިމަތީގެ ފިޔަތައް ބިންދައިގެން ގޮސް އެކި ވަރުގެ ގެއްލުންތައްވި އެވެ.

ސްޓާ ސްކައި އޭވިއޭޝަންގެ ސީއީއޯ އަހުމަދު ނޫރު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ވަގުތުން ބޯޓްގައި ތިބި އެންމެން ރައްކާތެރިކަމާ އެކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އޭގައި ތިބި 55 މީހުންގެ ތެރެއިން ފަސް މީހުންނަކީ ބޯޓްގެ ކުރޫންނެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އެެއްވެސް ގެއްލުމެއް ނުވާ ކަމަށް އޭނަ ވިދާޅުވި އެވެ.

ސޯމާމިއާގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ފަރަހް ނޫރް ވިދާޅުވީ މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުންނެވެ.