Last Updated: June 27, 17:39
Saturday, June 27, 2026
ޚަބަރު

"ކިއްސަރު" ފެއާ މިމަހު އީސީސީގައި!

ފް

ޒުވާނުންނަަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ޔޫތު މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ކިއްސަރު" ފެއާ މިމަހުގެ 19 އަދި 20 ވަނަ ދުވަހު އައްޑޫގައި ބާއްވަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ ކިއްސަރު ފެއާ އައްޑޫގައި ބާއްވަނީ ހިތަދޫ ކޮންވެންޝަން ސެންޓަރުގައި ކަމަށެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ، މި ފަހަރުގެ ފެއާގައި 35 ސްޓޯލެއް ބައިވެރިވާ ކަމަށެވެ. އަދި އިތުރަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
job fair

މިފަހަރުގެ ފެއާގައި 200 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތުތަކާ ގުޅޭ ގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ، މިހާރު ކުރިއަށް ދަނީ ސްޓޯލްތައް ހެދުމުގެ މަސައްކަތް ކަމަށެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު އެ މިނިސްޓްރީގެ ޓީމެއް އައްޑޫ ސިޓީއަށް ދާން ނިންމާފައިވާ ކަމަށްވެސް ޔޫތު މިނިސްޓްރީ އިން ބުނެއެވެ.
މިދިޔަ އަހަރުގެ ކިއްސަރު ފެއާ ބާއްވާފައި ވަނީ މާލޭގައެވެ. އެފަހަރުގެ ފެއާގައި ރާއްޖޭގައި މަތީ ތައުލީމު ދޭ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން 31 ސްޓޯލް ބައިވެރިވެފައި ވެއެވެ.