Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 300،000 ހުރަސްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 300،000 ހުރަސްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 9 އާ ހަމައަށް 303،488 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާ އިރު 5.1 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 288،798 ޓޫރިސްޓުންވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށުނު ފަހުން އެއް ދުވަހެއްގައ އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ މި މަހުގެ 8 ގަ އެވެ. އެ ދުވަހު އެކަނި 10،462 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 5 ގައުމަކީ ޗައިނާ (39،132 ޓޫރިސްޓުން)، ރަޝިއާ (36،565 ޓޫރިސްޓުން)، އިޓަލީ (30،656 ޓޫރިސްޓުން)، އިނގިރޭސިވިލާތް (27،864 ޓޫރިސްޓުން) އަދި (ޖަރުމަން 18،630 ޓޫރިސްޓުން) އެވެ.

ރާއްޖެ އަށް މި އަހަރު 2.5 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، މިދިޔަ އަހަރު އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.