Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ކުރިއަށް އޮތީ އެމްޑީޕީ ފުހެލަން ލިބޭ ފުރުސަތެއް

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ސިޔާސީ މައިދާތުން މިހާރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ފުހެލަން ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެރަރިޒަމްގެ ގާނޫނުގައި މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހު އިސްލާހުގެ ބަހުސްގައި އިނގުރައިދޫ ދާއިރާގެ މެންބަރު ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެންމެ ވޯޓެއް ވެސް އެމްޑީޕީ އަށް ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވައިފަ އެވެ.

"ކުރިއަށް މި އޮތީ ދިވެހި ރައްޔިތުންނަށް އެމްޑީޕީ ދިވެހިރާއްޖެއިން ފުހެލުމަށް ލިބޭ ފުރުސަތު މިއީ، ގިނަ ފުރުސަތެއް ނުލިބޭނެ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމާ ހުރިހާ ބޭފުޅުން ނޯ ޖަހަންވީ."

ފަލާހް ވިދާޅުވީ އެމްޑީޕީ އަކީ ދީނާ ދުރު ޕާޓީއެއް ކަމަށާއި އެ ޕާޓީގެ މިދިޔަ ސަރުކާރުގައި އަޅަން ފެށި މިސްކިތްތަކަށް ފައިސާ ނެގުމަށް ފަހު މަސައްކަތްތައް ހުރީ ހުއްޓާލާފައި ކަމަށެވެ.

"އެއްވެސް މިސްކިތެއް އެމްޑީޕީގެ ދެ ވެރިކަން ނިމުނީ، އެއްވެސް މިސްކިތެއް ނުހުންނާނެ އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި، މިސްކިތެއް. ތަޅުލިއްޔާ ތަޅުލާފައި ހުންނަނީ." އޭނަ ވިދާޅުވި އެވެ.