Last Updated: June 27, 17:39
Saturday, June 27, 2026
ވިޔަފާރި

ވިޝަން ޓެކްސީގެ އަހަރީ ޕްރޮމޯޝަން ފަށައިފި

ހިތަދޫގެ އެންމެ ދުވަސްވީ ޓެކްސީ ސެންޓަރު "ވިޝަން ޓެކްސީ"ގެ އަހަރީ ޕްރޮމޯޝަން ފަށައިފިއެެވެ.

މި ފެބްރުއަރީ މަހުން ފެށިގެން މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޯމޯޝަންގައި، ވިޝަންޓެކްސީން ދަތުރު ކުރާ ކޮންމެ ފަރާތަަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަންތަކުގެ ގުރުއަތުން އެއްވަނަ އަންނަ ފަރާތަކަށް 5000 ރުފިޔާގެ އިނާމެއް ހުށަހެޅިފައި ވެއެވެ.

އަދި ދެވަނައަށްދާ ފަރާތަށް 3000 ރުފިޔާ ހުށަހެޅިފައިވާ އިރު ތިންވަނައަށްދާ ފަރާތަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

ވިޝަން ޓެކްސީން މީގެ ކުރިންވެސް ވަނީ މިފަދަ ގިނަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސްފައެވެ.