Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

އަނިލްގެ 'ސުބޭދާރް' ގެ މާޗް 5 ގައި

އިންޑިއާގެ މަޝްހޫރު ފިލްމީ އަނިލް ކަޕޫރްގެ އާ ފިލްމު 'ސުބޭދާރް' އަންނަ މަހުގެ 5 ގައި ގެނެސްދޭން ނިންމައި އޭގެ ޓީޒާ ވެސް މިއަދު ދައްކާލައިފި އެވެ.

މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ސިނަމާތަކުގެ ބަދަލުގައި ސީދާ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. އެކްޝަން ޑްރާމާއެއްގެ ގޮތުގައި ހަދާފައިވާ 'ސުބޭދާރް' އަކީ ސުރޭޝް ތުރިވޭނީގެ ޑައިރެކްޝަނެކެވެ. އޭނަ އަކީ ނެޓްފްލިކްސް އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ މަދޫރީ ޑިކްސިޓާއި ޓްރިޕްތީ ދިމްރީގެ ފިލްމު މާ ބެހެން ގެ ވެސް ޑައިރެކްޓަރެވެ.

ސުރޭޝް ކުރިން ވަރަށް ކާމިޔާބު ދެ ފިލްމު ގެނެސްދީފައިވެ އެވެ. އެއީ ވިދިއާ ބާލަންއަ އެކު ގެނެސްދިން 2017 ގެ 'ތުމާރީ ސުލޫ' އާއި 2022 ގެ 'ޖަލްސާ' އެވެ.

'ސުބޭދާރް' ގެ ކާސްޓްގައި ރާދިކާ މަދަން، ސޯރަބް ޝުކްލާ، މޯނާ ސިންގް، އަދިތިޔާ ރަވަލް އަދު ފައިސަލް މަލިކް ހިމެނެ އެވެ.

އަނިލްގެ އާ ފިލްމެއް އަންނަ މަހު ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭނަގެ ވެބް ސީރީޒެއް ވެސް ވަރަށް އަވަހަށް ނެޓްފްލިކްސް އަށް ގެންނަން އޮތީ ޕްލޭންކޮށްފަ އެވެ. އެއީ ޕްރީމިއާ ކުރާނެ ތާރީހެއް އަދި އިއުލން ނުކުރާ 'ފެމިލީ ބިޒްނެސް' އެވެ.

އަނިލް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ 'ވޯ 2' އިންނެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އާލިއާ ބަޓްގެ 'އަލްފާ' އާއި ޝާހްރުކް ޚާންގެ 'ކިންގް' ހިމެނެ އެވެ.