ބްލޫމްބާގް އިނީޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަކުލޮސިސް އެންޑް ލަންގް ޑިސީސް ޔޫނިއަން އާއި ކެމްޕެއިން ފޯ ޓޮބޭކޯ ފްރީ ކިޑްސްއާ ގުޅިގެން ކުރިއަށްގެ ންދާ މަޝްރޫޢެކެވެ.
ބްލޫމްއިނީޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯޔޫސް އަކީ، ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ހަރަކާތްތަކަށް އެހީދެއްވާ މައިކަލް އާރ. ބްލޫމްބާގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް ހިންގާ މަޝްރޫޢެކެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނީ މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ގްރާންޓްސް ޕްރޮގްރާމުގެ 39 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެހީއަށް އެދި ހުށަހަޅަން ޖެހޭނީ, އެ ޕްރޮގްރާމުގެ ވެބްސައިޓް www.tobaccocontrolgrants.org މެދުވެރިކޮށެވެ
މި ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައި ވަނީ، އެ ހަރަކާތެއްގެ ސަބަބުން ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކާއި، ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒުކޮށްފައިވާ ހުށަހެޅުންތަކަށެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް އިޝްތިހާރު ކުރުން މަނާކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގާއި، ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތަކާއި، ސާބިތު ހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފައިވާ ހުށަހެޅުންތަކާއި، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކަށް އިސްކަން ދެވޭނެ އެވެ.
ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 އާ ހަމައަށެވެ.