Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

އުރީދޫގެ 15 ވަނަ އުމްރާ ދަތުރު ރިޒާ އަށް

އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 15 ވަނަ ނަސީބުވެރިޔާ އިއުލާންކޮށްފި އެވެ.

އުރީދޫގެ އަހަރީ ދުވަހުގެ ކެމްޕެއިންގެ 15 ވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ބ. ކެންދޫ، އަލީ ރިޒާއެވެ. ރިޒާއަށް އެ ލަކީ ޑްރޯގައި އިނާމެއްގައި ލިބިފައިވަނީ އުމްރާ ދަތުރެކެވެ.

ލިވް އަންލިމިޓަޑް ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް އަންނަނީ ދެމުންނެވެ. އެވެ. ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭއިރު، ގްރޭންޑް ޕްރައިޒަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.

މި ކެމްޕެއިނުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭއިރު، 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ކެމްޕޭނަށް އެންރޯލްވެ އެވެ.

މީގެ އިތުރުން އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400ރ، އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުމުން ވެސް ކެމްޕެއިނުގައި ބައިވެރިވެވެ އެވެ.