ޅ. ކުރެންދޫގައި ބިނާކުރި 700 މީހުންގެ ޖާގައިގެ އައު މިސްކިތް 'މަސްޖިދުލް ސިއްދީގް' ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު މަޢްރިބް ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ސޯލާއިން މިސްކިތަށް ކަރަންޓު ދެވޭނެ ނިޒާމު ގާއިމް ކޮށްފައިވާއިރު، ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް ގާއިމް ކުރެވިފައިވެ އެވެ.
މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.