Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ޖޭޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރަނީ

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން މާދަމާ ރޭ ލޯންޗުކުރުމަށް ނިންމައިފި އެވެ.

ޖޭޕީން ބުނީ ކެމްޕޭން ލޯންޗުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ރޭ 8:45 ގައި އެ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ކަމަށެވެ. މި ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކައުންސިލު އިންތިހާބުގައި މާމިގިނލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ޖޭޕީން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމުގަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީލް 4 ވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ. އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ އެވެ.