ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ، ރަންކޮކާގޭ، ހުސައިން ޝިޔާމް، 41، އެވެ.
މި މައްސަލައާ ގުޅިގެން އޭނަ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
ޝިޔާމްގެ ބަންދު އަމުރުގައިވާ ގޮތުން ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރިފައިވާ ކަމަށާއި އޭނައަކީ ހައްޔަރާއި ބަންދު ރެކޯޑް އޮތް މީހަކަށްވާތީ އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެ އެވެ.
ކޯޓްގައި ޝިޔާމް ވަނީ ފިހާރަ އަށް ވަދެ ފައިސާ ނެގި ކަމަށް އެއްސްވެފަ އެވެ. ނަމަވެސް ވަޅިން ބިރު ދައްކާފައި ނުވާނެ ކަމަށް ބުންޏެވެ.