Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުން އައި އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ގެންގޮސްފި އެވެ.

އެތަމުން ބުނީ އެ މީހުންނަކީ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި އަތުލައިގަތް ބައެއް ކަމަށެވެ. އެގޮތުން އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އައި 10 ބިދޭސީއަކު މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް 2023 ގެ ފަހުކޮޅުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ބައެއް ހިސާބުތަކުން ވެސް ގިނަ އަދަދެއްގެ މީހުން އިމިގްރޭޝަންގެ ދަށަށް ގެންގޮސްފައިޮވެ އެވެ.

އެގޮތުން މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެ އެވެ.