Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވަގު ބުނީ ސްޓެލްކޯ އަށް ވަނީ މުރަނގަފަތް ބިންނަން ކަމަށް!

ސްޓެލްކޯ އިން ވައްކަންކުރި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.

ހައްޔަރުކޮށްފައި ވަނީ އައްޑޫ ހުޅުދު އަށް ނިސްބަތްވާ 45 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމާއި ކުށެއް ކުރަން އުޅުމާއި ވައްކަން ކުރިކަމުގެ ތުހުމަތެވެ. ތުހުމަތު ކުރެވޭ މީހާ ކޯޓުގައި ބުނީ ހުއްދަ ނެތި އޭނަ ސްޓެލްކޯ އަށް ވަދެފައި ވާނެ ކަމަށާއި އެތަނަށް ވަނީ މުރަނގަފަތް ބިންނަން ކަމަށެވެ.

އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ބަންދަށް ޖެހީ 5 ދުވަހެވެ. އޭނަ އަކީ ކުރިން ވެސް ބަންދު ރެކޯޑް އޮތް މީހެކެވެ.