Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

ތަހުގީގަކަށް ހިތަދޫ މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުން އަންނަ ސްކޭމްގެ މައްސަލައަކާ ގުޅިގެން އައްޑޫ ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު ދާގަނޑުކެކުރިގޭ ޝާފިއު ޝިހާބް، 33، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް މާލޭގައި ހުންނަ ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ޝާފިއު ހާޒިރުވާން އަންގާފައިވެ އެވެ.