Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މަރަދޫގައި މާދަމާ ރޭ ވަރަށް ހާއްސަ ދަރުހެއް

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ރޭ އައްޑޫ މަރަދޫގައި ވަރަށް ހާއްސަ ދަތުރެއް ބާއްވަން ނިންމައިފި އެވެ.

މި ދަރުހަކީ މަރަދޫ އަވަށު އޮފީހާއި އޭއެންޖީ ޓްރޭޑާސް ގުޅިގެން އިންތިޒާމުކުރާ ދަތުރެވެ.

މަރަދޫ ބަނދަރު ސަރަހައްދުގައި މާދަމާ 8:30 ފަށަން ހަމަޖެހިފައިވާ ދަރުހުގެ މައުޟޫއަކީ 'އަވަސްވެގަންނާށެވެ.' ދަރުސް ދެއްވަން ހަމަޖެހިފައި ވަނީ އުސްތާޒް މުހައްމަދު މަންސޫރެވެ.

މި ދަރުހަށް ދާ މީހުންގެ މެދުގައި ގުރުއަތެއް ބާއްވައި ހޮވޭ ތިން ފަރާތަކަށް އުމްރާ ދަތުރުގެ އިތުރުން އަގުހުރި އެތައް އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ.

ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން މިރޭ ހިތަދޫގައި ވެސް ހާއްސަ ދަރުހެއް އެބައޮތެވެ. އައްޑޫ ހައި ސްކޫލްގައި 8:15 ގައި ފަށަން ހަމަޖެހިފައިވާ އެ ދަރުހަކީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ ދެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމާއި މިޝްކާތު ފައުންޑޭޝަން ގުޅިގެން ބާއްވާ ދަރުހެކެވެ.

'މަރުހަބާ ރަމަޟާން' ގެ ނަމުގައި ބާއްވާ ދަރުސް ދެއްވަން ހަމަޖެހިފައި ވަނީ އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.

މި މި ދަރުހުގައި ބައިވެރިވާ މީހުންގެ މެދުގައި ވެސް ގުރުލުމެއް ބާއްވައި ހޮވޭ މީހަކަށް އުމްރާ ދަތުރެއް ދޭން ހަމަޖެހިފައިވެ އެވެ. އެ އުމްރާ ދަތުރު ދެނީ އަލްފަޖުރު ހައްޖު އެންޑް އުމްރާ ގްރޫޕުންނެވެ.