Last Updated: June 5, 22:30
Saturday, June 6, 2026
ޚަބަރު

މީރާ އިން ވެސް ލޭ ހަދިޔާކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ފިނޭންސް މިނިސްޓްރީން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން މި ކޭމްޕް ކުރިއަށް ގެންދިޔައީ މިދިޔަ އަންގާރަ ދުވަހު އެވެ. އެގޮތުން ދެ މުއައްސާގެ މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ކުރިއަށް ދިޔައީ އެ ދުވަހުގެ ހެނދުނު 9:00 އިން 1:00 އަށެވެ.

ރާއްޖޭގައި ލޭ ލިބުން ދަތިވެފައިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކުން މިހާރު އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް ބާއްވަމުންނެވެ.

އެގޮތުން ދާދި ފަހުބް އެމްއޭސީއެލާއި އެޗްޑީސީން ވެސް މިފަދަ ކޭމްޕްތަކެއް ކުރިއަށް ގެންގޮސްފައި ވެ އެވެ.