Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އެމްއެމްއޭ އިން ސާޖިދު ވަކިކުރި މައްސަލަ ކޯޓަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން ވަކިކުރި، އިސްމާއިލް ސާޖިދު، މަގާމުން ވަކިކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

މަގާމުގައި ހުއްޓާ ސާޖިދު މަގާމުން ވަކިކުރީ، ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ 29 ގަ

އޭނަ އެފްއައިޔޫގެ ވެރިޔާހެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮަގަސްޓަ އެވެ. އަދި ސަސްޕެންޑްކުރީ ޑިސެމްބަރު މަހު އެވެ.

ސާޖިދު ވަކިކުރި މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

މަރުކަޒީ ބޭންކުން ވަކިކުރުމާ ގުޅިގެން ސާޖިދު ވަނީ އޭނަގެ މައްޗަށް ކުރި ތުހުމަތަކިީ އަބުރުކަތިލުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ތުހުމަތުކޮށްފަ އެވެ.