ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މި މަހުގެ ކުރީކޮޅު މަރުވި ދެ ގައިދީންގެ އޮޓޮޕްސީ ހަދަން ހަށިގަނޑު އޮޓްޕްސީ ހަސަން އިންޑިއާ އަށް ފޮނުވައިފި އެވެ.
މި މަހުގެ 2 ވަނަ ދުވަހު މަރުވެފައިވަނީ މާލޭ ދަފްތަރު ނަމްބަރު 439، އިބްރާހިމް ސުހައިލް، 53، އާއި އައްޑޫ ހިތަދޫ ދިއްގާގަސްދޮށުގޭ ހަސަން ނިޔާޒް، 45، އެ އެވެ.
ސުހެއިލް ނިޔާވީ ގެ ސިއްހީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ފަހުން ނިއުމޯނިއާ ޖެހިގެންނެވެ. ނިޔާޒް މަރުވީ އޭނާއަށް ކުއްލި މެޑިކަލް އިމާޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި އަވަސް ފަރުވާދެމުން ދަނިކޮށެވެ.