ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިި އެވެ.
މިކަން އިލެކްޝަން ކޮމިޝަމުން ހާމަކުރީ ދެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމުގެ ގޮތުން ބޭއްވި ގުރުއަތަށް ފަހު އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިއަދު ހެނދުނު 10:00 ގައި ކުރިއަށް ގެންދިޔަ އިރު، ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އޮތީ ނަން ތަރުތީބުކުރުމާ ހަމައަށް ހުޅުވާލައިފަ އެވެ.
އީސީގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ ނަން އަނބުރާ ގެންދިއުމަށް އޮތް މުއްދަތުގައި ޖުމްލަ 32 ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން 31 މީހުންނަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ ކެންޑިޑޭޓުން ކަމަށެވެ.
އޭޕްރީލް 4 ގައި ބާއްވާ އިންތިޚާބުގައި 2،994 ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހެޅި ނަމަވެސް ނަން އަނބުރާ ގެންދިޔަ ކެންޑިޑޭޓުންގެ އަދަދު އުނިކުރުމުން އެ އަދަދު ވަނީ 2،962 އަށް މަދުވެފަ އެވެ.
ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އީސީން ރަސްމީކޮށް އިޢުލާނު ކުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މިފަ ހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ.