ރަޝިއާގައި ވަޓްސްއެޕް ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.
މިކަމާ ގުޅިގެން އެ އެޕް ހިންގާ މެޓަ އިން ބުނީ މީގެ ސަބަބުން ރަޝިއާގައި ވަޓްސްއެޕް ބޭނުން ކުރަމުން އައި 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް އެ ދޮރު މިހާރު އެއްކޮށް ބަންދުވީ ކަމަށެވެ. އެކަމަކު މިކަމަށް ހައްލެއް ހޯދައި ދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފޭސްބުކާއި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތައް ވެސް ހިންގާ މެޓަ އިން ބުނީ ރަޝިއާގައި ވަޓްސްއެޕް ބޭނުން ނުކުރެވޭ ގޮތް ހެދުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ގެއްލުން އޮތީ އެ ގައުމުގެ ރައްޔިތުންނަށް ކަމަށް ބުންޏެވެ.
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ވަޓްސްއެޕް އެއްކޮށް މަނާކުރަން ޖެހުނީ އެ ގައުމުގެ އުސޫލުތަކަށް އެ ފެއްތުމަށް އެންގި ނަމަވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ދީފައި ނުވާތީ ކަމަށެވެ. އެހެންވެ ކުރިން ވެސް އޮތި އެންގުމާ އެެއްގޮތަށް އަމަލު ނުކޮށްފި ނަމަ މި އަހަރުގެ ތެރޭގައި ވަޓްސްއެޕް އެއްކޮށް ބްލޮކްކުރާނެ ކަމުގެ އިންޒާރު ވެސް މެޓަ އަށް ދީފަ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ހިންގާ ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކުރުމުގައި ރަޝިއާގައި އަބަދު ވެސް ހިފަހެއްޓުންތަކެއް ގެންގުޅެ އެވެ. އެގޮތުން ޓެލެގްރާމަކީ ވެސް އެފަދަ އެޕެކެވެ. ވަޓްސްއެޕް އެގޮތަށް ޓެލެގްރާމަކީ ވެސް ރަޝިއާގެ ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ އެއްޗެކެވެ.
ވަޓްސްއެޕް ބްލޮކްކޮށް، ރަޝިއާ އިން މަސައްކަތް ކުރަނީ އެ ގައުމުގެ އަމިއްލަ އެޕެއް ކަމަށްވާ މެކްސް ޕްރޮމޯޓް ކުރުމަށެވެ.