Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ޝީޝާއިން "އެއާބްލޭޑް 2026" ލޯންޗުކުރުން އާދިއްތަ ދުވަހުގެރޭ

ޝީޝާއިން "އެއާބްލޭޑް 2026" ލޯންޗުކުރަން އާދިއްތަ ދުވަހުގެރޭ ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފި އެވެ.

ޝީޝާ އިން ބުނީ މި އިވެންޓު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރޭ 20:00 އިން 22:00 އަށް ހުޅުމާލެގައި ހުންނަ ހޮންޑާ ސާވިސް ސެންޓަރުގައި ކަމަށެވެ. މި އިވެންޓުގައި 1438 ބޮޑުބެރު ގްރޫޕްގެ ލައިވް ބޮޑުބެރު ޝޯއެއް ކުރިއަށްދާނެ އެވެ.

މި އިވެންޓުގައި "އެއާބްލޭޑް 125 2026" ގެ ހުރިހާ މޮޑެލްއެއް ލޯންޗުކުރުމުން އެ މޮޑެލްގެ ތަފާތު ތިން މޮޑެލްއެއް ލިބެން ހުންނާނެ ކަމަށް ޝީޝާއިން ބުންޏެވެ. އެއީ "އެއާބްލޭޑް 125 2026 ސްޓޭންޑާޑް އެޑިޝަން" އާއި ސްޕެޝަލް އެޑިޝަން އަދި ސްޕޯޓްސް އެޑިޝަން އެވެ.

ޝީޝާއިން މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ވަނީ އެއާބްލޭޑް 2026 ގެ މޮޑެލްތަކަށް ޕްރީ ބުކިން ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ޕްރީ ބުކިންގައި އެއްވެސް ޕޭމަންޓެއް ނުދައްކާ ހަމައެކަނި ބުކިން ހަދާލެވޭއިރު، ޝީޝާގެ ހުރިހާ އޮފިޝަލް ކޮންޓެކްޓް ޕްލެޓްފޯމުތަކުންނާއި ޓިކްޓޮކް ޕޭޖުން ވެސް ބުކިން ހަދާލެވޭނެ އެވެ.

ޕްރީ ބުކިން ހަދާފައިވާ ކަސްޓަމަރުންނަށް ހާއްސަ ބުކިން އަގެއްގައި އެއާބްލޭޑް 2026 ލޯންޗިން އިވެންޓްގައި ސައިކަލު ވަގުތުން ގަތުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ޝީޝާއިން ބުންޏެވެ.

ޝީޝާއިން ގަންނަ ކޮންމެ ހޮންޑާ ސައިކަލަކާއެކު އުމުރު ދުވަހަށް 15 ޕަސެންޓްގެ ޑިސްކައުންޓް ސައިކަލު ސާވިސް ކުރުމަށް ލިބިގެންދާނެ އެވެ. އަދި ހޮންޑާ ޖެނުއިން ސްޕެއާ ޕާޓްސް ލިބެން ހުންނާނީ ހަމައެކަނި ޝީޝާއިންނެވެ.