Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

"ޕްރަލޭ" އަކީ ރަންވީރުގެ އެންމެ އަގުބޮޑު ފިލްމު

ބޮލީވުޑްގެ ތަރި ރަންވީރުގެ ސިންގްގެ ޒޮމްބީ ތުރިލާ "ޕްރަލޭ" އަކީ އޭނަގެ ކެރިއަރުގެ އެންމެ އަގުބޮޑު ފިލްމު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން މިއަދު ބުނީ މި އަހަރުގެ މެދުތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމު ހަދަން ނިންމާފައި ވަނީ 300 ކްރޯޑް ރުޕީސް (33.1 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ކަމަށެވެ.

"ޕްރަލޭ" ގެ ޑައިރެކްޓަރަކީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ އިން ބުންޏެވެ.

މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމު ވާނީ މީގެ ކުރިން އިންޑިއާގެ ސިނަމާ އިން ފެނިފައިވާ އެތައް ކަމެއް ދައްކުވައި ދޭނެ ފިލްމަކަށެވެ. އެގޮތުން "ޕްރަލޭ" އަކީ ވަރަށް ގިނަ އަދަދަކަށް ވީއެފްސްއެކް ވެސް ހިމެނޭނެ ފިލްމެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީގެ ބަތަލާއަކަށް ނަގާފައި ވަނީ މިދިޔަ އަހަރު އިންޑިއާގެ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމުގެ ގޮތުގައު ގެނެސްދީގެން ބޮޑު މަގުބޫލު ކަމެއް ހޯދި "ލޯކާ ޗެޕްޓާ 1: ޗަންދުރާ" ގެ ބަތަލާ ކަލިއާނާ ޕްރިޔަދަރުޝަނެވެ.

ނަމަވެސް ފިލްމުގެ ޓީމުން މިއާ ބެހޭ އެެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމަނުކުރާތީ އެކަން އަދި ކަށަވަރެއް ނުވެ އެވެ. "ޕްރަލޭ" ގެ ބަތަލާ އަކީ އާލިއާ ބަޓް ކަމަށް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ މިދިޔަ އަހަރު އިންޑިއާގެ އެންމެ ބޮޑު ހިޓް ކަމަށްވާ "ދުރަންދަރު" ގެ ދެވަނަ ބައެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 19 ގަ އެވެ.