Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މުލަ ރޯދަ އިން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ

މުލަ ރޯދަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެކަ މަށް ޒަކާތު ހައުސްއިން ބުނެފި އެވެ.

އެތަނުން ބުނީ ޒަކާތް ބަލައިގަތުން ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 ޖެހުމާ ހަމައަށް އޮންލައިންކޮށް ބަލައިގަންނާނެ ކަމަށެވެ.

ފިތުރު ޒަކާތް ދެއްކުމަށް މިހާރު ވަރަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ އިރު، އޮންލައިންކޮށް 7 ޕްލެޓްފޯމަކުން ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

* އުރީދޫގެ އެމްފައިސާ
* ދިރާގުގެ ދިރާގުޕޭ
* އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެޕާއި ވެބްސައިޓު
* ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު
* ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު
* އަވަސް އެޕް
* ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް

އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރޯދަ މަހުގެ ފަހު ދިހައިގައި ވެސް ޒަކާޔް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސް އިން ބުންޏެވެ.

ރަށްރަށުގައި ނަމަ، ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ރަށްރަށުގެ ކައުންސިލުންނެވެ.

ފިތުރު ޒަކާތަށް ދައްކަން ޖެހޭ މިންވަރު:

* އާދައިގެ ހަނޑޫ: 12ރ.
* ތައިލެންޑް ހުދު ހަނޑޫ: 53ރ.
* ރަތް ހަނޑޫ: 96ރ.
* ބަސްމަތީ ހަނޑޫ އާދައިގެ: 77ރ.
* ބާސްމަތީ ހަނޑޫ މޮޅު: 109ރ.
* ބާސްމަތީ ހަނޑޫ އެންމެ މޮޅު: 136ރ.
* އާދައިގެ ފުށް: 10ރ.
* އާޓާ ފުށް: 75ރ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 އެވެ.