Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

މިއީ ބާރުތައް ދަމައިގަންނަ ސަރުކާރެއް: ނިޒާރު

ރޭގެ ޖަލްސާގައި ނިޒާރު ވާހަކަ ދައްކަވަނީ. ފޮޓޯ/ އަދަދު

މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހެޔޮ އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ބާރުތައް "ދަމައިގަންނަން" މަސައްކަތް ކުރާ މަންޒަރު ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗްކުރަން ރޭ ބޭއްވި ޖަލްސާގައި އޭނަ އޭނާ ވިދާޅުވީ މިއަދާ ހަމައަށް އައިއިރު މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހެޔޮ އެއްވެސް ބަދަލެއް ގެސްފައި ނުވާ އިރު، ގެނައި ކޮންމެ އިސްލާހަކީ ބާރުތައް ދަމައިގަތުމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ.

"ކައުންސިލްތައް ބާރުވެރި ކުރުވަން ސަރުކާރުން ކުރި އެއްވެސް މަސައްކަތެއް ނެތް." ނިޒާރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ލާމަރުކަޒި ނިޒާމު ހަލާކުކޮށްލުމަށް ފަހު ޕީއެންސީގެ ކެންޑިޑޭޓުން "ލަދެއް ހަޔާތެއް ނެތި" ވޯޓު ހޯދަން އެދޭ ކަމަށެވެ.

މޭޔަރު ވިދާޅުވީ ތަރައްގީއަށް "ގާބުރިއެއްވެސް ހަލުވާނުލައި" އޮތް އިރު، ސަރުކާރަށް ވޯޓު ދިނުމަކީ އެފަދަ އިހުމާލުތަކަށް ރުހުން ދިނުން ކަމަށާއި، އެހެންކަމުން އެމްޑީޕީގެ ތިލަފަތަށް ވޯޓު ދިނުމަކީ މުސްތަގުބަލަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ. އަދި
މި ސަރުކާރުން އަތޮޅު ކައުންސިލްތައް ވެސް އުވައިލީ ނިޒާމު ހަރުދަނާކުރަން މަސައްކަތް ކުރި ތަޖުރިބާކާރުންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް ވިދާޅުވިއެވެ.