Last Updated: June 8, 09:28
Monday, June 8, 2026
ޚަބަރު

އައްޑޫގެ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދީފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި އެވެ.

ގެއްލުންދީފައިވަނީ މަރަދޫގައި ހުރިހާ ކެންޑިޑޭޓުންގެ ފޮޓޯ ފެންނަ ގޮތަށް ބަހައްޓާފައި ހުރި ޕޯސްޓަރުތަކަކަށެވެ. އެގޮތުން ކަޓަރު ފަދަ އެއްޗެއް ބޭނުންކޮށްގެން އެ ޕޯސްޓަރުތަކަށް ވަރަށް ބޮޑަށް ވަނީ ގެއްލުންދީފަ އެވެ.

މިކަން ކުރި ބަޔަކު މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ކެމްޕެއިން ޕޯސްޓަރުތައް ހަރުކުރެވޭނީ އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ ނަގައިގެންނެވެ. ކައުންސިލްގެ ހުއްދައަށް އެދުމުން އެ ޕޯސްޓަރުތަކާއި ބިލްބޯޑުތައް ހަރުކުރެވޭނެ ތަންތަނާއި އެ ތަކެތި ހުންނަންޖެހޭ ޝަރުތުތައް ހިއްސާކުރެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީން ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން މިދިޔަ ހޮނިހިރު ދުވަހު ވަނީ ލޯންޗްކޮށްފަ އެވެ. ޕީއެންސީގެ އައްޑޫގެ ކެންޑިޑޭޓުން ކެމްޕޭން ކުރަމުންދަނީ "ގްރޭޓާ އައްޑޫ" ސްލޯގަންގެ ދަށުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް މަހުގެ 4 ގަ އެވެ.