Last Updated: June 5, 22:30
Friday, June 5, 2026
މުނިފޫހިފިލުވުން

'ޑޮން 3' ހުށަހެޅި ވާހަކަ ރިތިކް ދޮގުކޮށްފި

ރަންވީރު ސިންގް 'ޑޮން 3' ދޫކޮށްލުމާ ގުޅިގެން އެ ފިލްމު ރިތިކް ރޯޝަނަށް ހުށަހެޅި ކަމަށް ބުނެ ދެކެވޭ ވާހަކަ އޭނަ ދޮގުކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ރިތިކް ބުނީ އޭނަ އަށް އެއްވެސް އިރެއްގައި އެ ފިލްމު އޮފާނުކުރާ ކަމަށެވެ. އެހެންވެ މީޑިއާތަކުން އެފަދަ ވާހަތަކެއް ފެތުރުމުގެ ކުރިން ތެދުދޮގު ސާފުކުރަން އެދޭ ކަމަށް ބުންޏެވެ. 'ޑޮން 3' ހުށަނާޅާކަން ރިތިކް ކަށަވަރުކޮށް ދިން އިރު، އޭނަ އަކީ އެ ފިލްމުގެ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ޒަމާންވީ ވަރަށް ގާތް އެކުވެރިއެކެވެ. އަދި އެ ދެ މީހުން އެކީގައި ކުރިން މަސައްކަތްތަކެއް ވެސް ކޮށްފައިވެ އެވެ.

އެގޮތުން ޝާހްރުކް ޚާނާ އެކު 2011 ގައި ގެނެސްދިން 'ޑޮން 2' ގެ ހާއްސަ ފެނިލުމެއްގައި ރިތިކް ހިމެނޭ އިރު، ފަރުހާން ޑައިރެކްޓްކުރި ދެވަނަ ފިލްމުގެ ބަތަލަކީ ރިތިކެވެ. އެއީ 2004 'ލަކްޝް' އެވެ. އަދި ފަރުހާންގެ ދައްތަ ޒޯޔާ އަޙްތަރު 2011 ގައި ގެނެސްދިން ފިލްމު 'ޒިންދަގީ ނާ މިލޭގީ ދުބާރާ' އަކީ ރިތިކާއި ފަރުހާން އިތުރުން އަބޭ ޑިއޯލް ކުޅުނު ފިލްމެކެވެ.

ޝޫޓިން ފެށުމުގެ ތައްޔާރީތަކެއްވެފައިކޮށް، ރަންވީރު ޑޮން 3 ދޫކޮށްލުމާ ގުޅިގެން، އެ ފިލްމު ރިތިކަށް ހުށަހެޅި ވާހަކަ މީޑިއާތަކުން ރިޕޯޓްކުރީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެވެ. އޭގެ ޝާހްރުކަށް ފިލްމު ހުށަހެޅިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.

'ޑޮން 3' ގެ މައްސަލައިގައި ރިތިކާއި ފަރުހާނާ ދެމެދު ކުނި ޖެހި، މި މައްސަލައާ ގުޅިގެން ފަރުހާންގެ އެކްސަލް އެންޓަޓައިންމަންޓުން ރަންވީރަށް ދައުވާކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް މި ހަފުތާގެ ތެރޭގައި އަރާފައިވެ އެވެ.