Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ވަގަށް ނެގި ބަނބުކެޔޮތަކެއްގެ ވެރިފަރާތް ހޯދަނީ

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބަނބުކެޔޮތަކެއްގެ ވެރިފަރާތް ހޯދަން އައްޑޫ ސިޓީ ޕޮލިހުން އިއުލާންކޮށްފި އެވެ.

އައްޑޫ ޕޮލިހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު ވަގަށް ނެގި ކަމަށް ބެލެވޭ ބަނބުކެޔޮތަކެއް ހިތަދޫ ޕޮލިސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ތަކެތީގެ ވެރިފަރާތުން 125 އަށް ގުޅައި މަޢޫމާތު ސާފުކުރުމަށްފަހު، ހިތަދޫ ޕޮލިސް އަށް ހާޒިރުވެ މި ތަކެއްޗާއި ހަވާލުވުމަށް ވަނީ އެދިފަ އެވެ.

ފުލުހުން ވަނީ އެ ޕޯސްޓުގައި ބަނބުކެޔޮތައް ފެންނަ ފޮޓޯއެއް ވެސް ހިމަނާފަ އެވެ.