Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މުވައްޒަފުންނަށް ދަނީ ބިރު ދައްކަމުން: ފައްޔާޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރު ދައްކަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ކުންފުންޏެއްގެ މުވައްޒަފުންތަކެއް ވަޒީފާ އަދާކުރަމުން އައި ރަށް ނޫން އެހެން ރަށަކަށް މަގާމު ބަދަލުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވަމުންދާ އިރު އެކަމަށް އިޝާރާތް ކުރައްވައި ކުރީގެ އިކޮނިމިކް މިނިސްޓަރު
ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުންކޮށް އެ މީހުންގެ ވޯޓު ކަށަވަރު ކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީރަޖިސްޓަރީ ކުރުވަން ރައީސް މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.

"ކައުންސިލް އިންތިހާބު ގެއްލިދާނެކަމުގެ ސިހުން މުއިއްޒަށް އޮތް މިންވަރު،" ފައްޔާޒް ވިދާޅުވި އެވެ. "މުވައްޒަފުންގެ ވޯޓުލުމުގެ "ހައްގު ގެއްލުވާލަން ރ.މުއިއްޒު އެހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް ގޮވާލަން."

ކުންފުނިތަކުގެ މުވައްޒަފުންނަށް ސަރުކާރުން ބިރު ދައްކަމުންދާ ކަމަށް އެމްޑީޕީން ބުނި އިރު، އެ ޕާޓީން ކުރިން ބުނެފައިވާ ގޮތުގައި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މިލިއަނުން ރިޝްވަތު ހުށަހަަޅައިމ އެ މީހުންނަން ގަންނަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިއީ ފާޅުގައި ކުރަމުންދާ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ތަކުރާރުކޮށް ގޮވައިލަމުން އަންނަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ނުދިނުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ މި އަހަރުގެ އެޕްރީލް 4 ގަ އެވެ.